ޓިކްޓޮކް ތަރި ޝިފާގެ މޮޅު ހުނަރާއެކު މުހަންމާގެ "ލަފުޒު' ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި ކޮމެޑީގެ އެފަދަ ދެވަނައެއް ނެތް މުޙައްމަދު ޢަބްދުﷲ (މުހައްމާ) ގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން އުފައްދާ މި ވެބް ސީރީޒްގެ ޓްރައިލަރ ޢާންމުކޮށްފައިވާ އިރު، ސީރީޒް ޕްރިމިއަރ ކުރުމަށް ނިންމާފައިވަނީ މި ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައެވެ.
މާލޮސްމަޑުލު އުތުރުބުރީ މާކުރަތުގައި ބޮޑުބައެއް ޝޫޓުކޮށްފައިވާ މި ވެބް ސީރީޒުގައި ހަރަކާތްތެރިވާ މުހިންމު ތަރިންގެ ތެރޭގައި ޓިކްޓޮކް ޝިފާ، ޢަލީ އާޒިމް (ދޮން އައްޔަ)، އަދި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޢާރިފާ ޢަލީ އާއި މި ފަދަ ސީރީޒަކުން އަލަށް ފެނިގެންދާ އާދަމް ސަޢީދު އާއި ފާޠިމަތު ލަޠީފާ އާއި ޢަބްދުﷲ ނަޞީރު އާއި ތުހުފާ ހިމެނެއެވެ.
ކުޅަދާނާ ޑައިރެކްޓަރު އަދި ތަޖުރިބާކާރު އެކްޓަރު އަޙްމަދު ނިމާލް ޑައިރެކްޓްކުރާ ”ލަފުޒު“ ސީރީޒްގައި ހަރަކާތްތެރިވާ ކުޑަކުދިންގެ ރޯލުތަކުން ފެނިގެންދާނީ މާކުރަތުގެ ކުދިންނެވެ.
"ލަފުޒު" ގެ ޓްރައިލަރ، ’ދެކެދެކެވެސް ޕްރޮޑަކްޝަން’ގެ އައު ލޯގޯއާ އެކު ޢާންމުކޮށްފައިވާ އިރު، ޝިފާގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައިވާކަން އެނގެއެވެ.
https://www.youtube.com/watch?v=PG7sFTkxiTQ
މީޑިއާނެޓުން ދެއްކުމަށް ނިންމާފައިވާ މި ސީރޒް ގައި 30 އެޕިސޯޑް ހިމެނެއެވެ.
މި ސީރީޒްއާ މެދު ޑައިރެކްޓަރ ނިމާލް ބުނީ މިއީ މަރްޔަމް މޫސާ ލިޔެފައިވާ 30 އެޕިސޯޑްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ ސީރީޒެއް ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ނިންމާފައި ވަނީ 15 އެޕިސޯޑް ކަމަށެވެ.
މި ސީރީޒް ކެމެރާކޮށް އެޑިޓްކުރަނީ މަޝްހޫރު ކެމެރާމަން އަދި ޕޯސްޓްޕްރޮޑަކްޝަން މަސައްކަތުގައި ތަޖުރިބާކާރު ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް