ޓްރީ ޓޮޕް ހޮސްޕިޓަލުން މައިބަދައިގެ ތަދަށް ސްޕައިން ސާރޖަރީ: ފަތުހުއްނިސާގެ ތަޖުރިބާ

ފަތުހުއްނިސާ މައިބަދައިގެ ތަދުގެ ވޭން ތަހައްމަލު ކުރާތާ 15 އަހަރު ވެދާނެއެވެ. މި ފަހުން ފަތުހުއްނިސާ ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މައިކުރޯ ޑިކޮމްޕެރެޝަން މައިބަދައިގެ ސަރޖަރީއެއް ކާމިޔާބުކަމާއެކު ފުރ...

23 Feb 2022 | 06:08

ފަތުހުއްނިސާ މައިބަދައިގެ ތަދުގެ ވޭން ތަހައްމަލު ކުރާތާ 15 އަހަރު ވެދާނެއެވެ. މި ފަހުން ފަތުހުއްނިސާ ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މައިކުރޯ ޑިކޮމްޕެރެޝަން މައިބަދައިގެ ސަރޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

ފަތުހުއްނިސާ މައިބަނދައިގެ މައްސަލައަށް ހައްލެއް ހޯދުމަށް 15 އަހަރު މަސައްކަތް ކޮށްފައިވެއެވެ. ތަދު މަޑުކުރުމަށް އޮޕަރޭޝަން ނުކޮށް ދޭތެރެއަކުން މައިބަނދައަށް ވަނީ އިންޖެކްޝަން ވެސް ޖަހާފައެވެ.

ޑޮކްޓަރުންގެ ލަފާ ހޯދުމުގެ ތެރޭގައި ޑރ. ހުއާން އަށް ދެއްކުން ވެގެން ދިޔައީ ފަތުހުއްނިސާގެ މައިބަދައިގެ ތަދަށް ލުއެއް ލިބޭނެކަމުގެ އުންމީދު އާވި ކަމަކަށެވެ. ޑރ. ހުއާންގެ ލަފާ ލިބުމުން ހިތްހަމަޖެހުމާއި އެކު ސަރޖަރީ ކުރުމަށް ފަތުހުއްނިސާ ނިންމިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ސަރޖަރީ ކުރުމަށް ނިންމި މައިގަނޑު ސަބަބަކީ މި ސަރޖަރީ ކާމިޔާބުކަމާއިއެކު ކޮށްފައިވާ ރަށު މީހުންގެ ތަޖުރިބާ އާއި ރާއްޖޭއިން ބޭރަށް ދަތުރު ނުކޮށް ފަސޭހަ ކަމާއިއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ލިބޭނެތީއެވެ.

ސަރޖަރީއަށް ފަހު ހެލިފެލިވެ އުޅުމަށް އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ސަރޖަރީއަށްފަހު ފަތުހުއްނިސާ ވަނީ ފިޒިއޯ ތެރަޕީގެ ޚިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރިހިމަކޮށްފައެވެ. މި ރަނގަޅު ތަޖުރިބާގެ އަލީގައި ފަތުހުއްނިސާއާއި ފަދައިން މައިބަނދައިގެ މައްސަލަ ހުންނަ މީހުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ހޯދުމަށް ނަސޭހަތްތެރިވެއެވެ.

ޑރ. ހުއާން ލޮރީޑޯ އަކީ ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ކޮންސަލްޓަންޓް ޑޮކްޓަރެކެވެ. ޑރ. ހުއާން ފާހަގަ ކޮށްލެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، މިނިމަލީ އިންވޭސިވް ނުވަތަ ވީހާވެސް ކުޑަކޮށް ފަޅާލައިގެން ބޮޑެތި އޮޕަރޭޝަންތައް ކުރެއްވުމަށެވެ.

އޭނާ ވަނީ ސްޕެއިންގެ ހޮސްޕިޓާލެސް ސެން ރޯގުގެ ނާރުގެ އޮޕަރޭޝަން ޑިވިޝަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ އައި.ސީ.އެން އިންސްޓިޓޫޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާގެ ޑިރެކްޓަރުގެ މަގާމުފަދަ އިސް މަގާމުތައް ފުރުއްވަވާއެވެ. އަދި ޒިއުރިކް ސްވިޓްޒަލޭންޑުގައި މައިކްރޯ ސާރޖަރީ، ލަންޑް ޔުނިވާރސިޓީގައި ނިއުރޯ-އިންޓެންސިވް ކެއަރ، ހަވާޑް ޔުނިވަރސިޓީ އަދި މެލްބޯންގައި ނިއުރޯ ސާރޖަރީ، އަދި ޑެލަސްގައި ވެސްކިއުލޯ އިން ޑރ. ހުއާން އެތަކެއް ވިޒިޓިންގް ފެލޯޝިޕް ކްރެޑިޓް ހޯއްދަވާފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާރުގެބަލިތަކުގެ ޚާއްސަ އަދި ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޕާޓްމަންޓް ހިންގަމުން ގެންދަވަނީ ވަރަށް ވެސް ކުޅަދާނަ، ގާބިލު އަދި ނާރުގެ އޮޕަރޭޝަންތަކުގައި އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ވާދަވެރި އަގުތަކެއްގައި ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް