ގުޅީ ސްކޫލުގެ ހަ ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފި

ކ.ގުޅީ ސްކޫލުގެ ހަ ކުލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ބީލަން އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ...

23 Feb 2022 | 05:52

ކ.ގުޅީ ސްކޫލުގެ ހަ ކުލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ބީލަން އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ގުޅީ ސްކޫލުގެ ހަ ކުލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ކުރި އިއުލާނާއި ގުޅިގެން ހުށަހަޅާގައިވާ ބީލަންތައް ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް ހުޅުވާލައިފައިވަނީ  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާންޖެހެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނޭކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ  ޒިންމާއެއްކަމަށް މި އިއުލާނުގައިވެއެވެ.

މި އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ގޮތުގެ މަތިންނެވެ.

މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ 23 ފެބުރުވަރީ 2022 އިން 3 މާރިޗު 2022 އަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.

ބީލަން ހުޅުވުން އޮންނަނީ 6 މާރިޗު 2220 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް