ވެމްކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފުރުސަތުތައް ހުޅުވާލައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުތަކަކަީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. ވެމްކޯ...

23 Feb 2022 | 05:40

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުތަކަކަީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.

ވެމްކޯއިން ބުނެފައިވާގޮތުގައި މިއީ މި ޕްރޮގްރާމްގެ ދަށުން، ވެމްކޯއިން މީހުން ތަމްރީނު ކުރުމަށް ހުޅުވާލި ދެވަނަ ބުރެވެ. މި ބުރުގައި 16 ފުރުސަތު ހުޅުވާލާފައި ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވެމްކޯއިން ތަމްރީނުވާން ފުރުސަތު ހުޅުވާލި ދާއިރާތަކުގެ ތެރޭގައި، އޮޓޮމޯޓިވް މެއިންޓަނަންސް މެކޭނިކް، ސްޓޯކީޕާ އަދި ކޭޝިއަރުންގެ އިތުރުން ވެލްޑިން ޓެކްނިކްސްގެ ދާއިރާ ހިމެނެއެވެ.

މި ފުރުސަތުތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު، އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

ވެމްކޯގެ ފަރާތުން ތަމްރީނުވާ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ދިނުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

ވެމްކޯއިން ބުނީ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅާނީ ލިންކު (https://forms.gle/vkM2NHGbgjcx8pwF6) މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ، 1456 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މުއްދަތަކީ ހަ މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް