މާލެއިން ލިބުނު ދެ ބިމުގައި ތިން ކޮޓަރީގެ 117 ޔުނިޓް ބިނާކުރާނެ: ޓާޓާ

ނާދީއާއި އޯޑިއޯން ބިމުގައި 117 ހައުސިން ޔުނިޓް ބިނާކުރާނެ ކަމުގައި މި ދެ ބިން އަލުން ދީފައިވާ އިންޑިއާގެ ޓާޓާ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނެފައިވަނީ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައ...

23 Feb 2022 | 05:19

ނާދީއާއި އޯޑިއޯން ބިމުގައި 117 ހައުސިން ޔުނިޓް ބިނާކުރާނެ ކަމުގައި މި ދެ ބިން އަލުން ދީފައިވާ އިންޑިއާގެ ޓާޓާ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި މ ިޕްރޮޖެކްޓް އިއުލާނުކުރަމުން ބުނެފައިވަނީ މި ލަގްޒަރީ ރެސިޑެންޝަލް މި ޕްރޮޖެކްޓަށް 36 މިލިޔަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދެ ބިމުގައި މަދުވެގެން 117 ހައުސިން ޔުނިޓް ހިމެނޭނެ ކަމަށާއި މުޅިންވެސް ހިމެނޭނީ ތިން ކޮޓަރީގެ ހައުސިން ޔުނިޓް ކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ގައި ޓާޓާ އެކު 555 ހައުސިން ޔުނިޓް އަޅަންވީ އެއްބަސްވުމުގައި ދިމާވި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށްފަހު މި ދެ ބިން ޓާޓާއަށް އަލުން މިވަނީ ދީފައެވެ. އެ ފަހަރު ނިންމީ 288 ފްލެޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް