މިއަދުވެސް ރާއްޅުގަނޑު ހިމެނޭ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާގޮތުން އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ނޫއަލި ގޭގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސުން ވަނީ މިއަލިފާންގަނޑު ނިއްވާލެވިފައިކަމަށް އެމްމެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގައި10 މީހުނަށް ދުމުގެ އަސަރުކޮށްގެން ސެނެހިޔާ އަށް ގެންދެވިފައިވާކަމަށެވެ.
އިއްޔެގައި ވެސް ވަނީ އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އިއްޔެގެ ހާދިސާ ހިނގާފައިވަނީ ހެނވޭރު ފައިން ބީޗް ގޭގެ ގްރައުންޑް ފުލޯ ބަދިގޭގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސުން ވަނީ ނިއްވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް