ރޯދަޔަށް ޙާފިޒުންނާއި ގާރީން ގެނައުމުގައި ސަމާލުކަންދޭންވީ ކަންކަން އިމިގްރޭޝަނުން ހަނދާން ކޮށްދީފި

ރޯދަމަހަށް މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރަން ރާއްޖެއިން ބޭރުން ގެންނަ ޙާފިޒުންނާއި ގާރީންގެ ވީޒާގެ ކަންކަމުގައި ސަމާލުކަން ދޭންވީ ކަންކަން އިމިގްރޭޝަނުން އަންގައިފިއެވެ. ރާއްޖެއެއަކީ ކޮންމެ ރޯދަ...

23 Feb 2022 | 04:54

ރޯދަމަހަށް މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރަން ރާއްޖެއިން ބޭރުން ގެންނަ ޙާފިޒުންނާއި ގާރީންގެ ވީޒާގެ ކަންކަމުގައި ސަމާލުކަން ދޭންވީ ކަންކަން އިމިގްރޭޝަނުން އަންގައިފިއެވެ.

ރާއްޖެއެއަކީ ކޮންމެ ރޯދަމަހަކުވެސް ގިނަ މިސްކިތްތަކުގައި ތަރާވީހް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހަފީޒުންނާއި ގާރީންގެންނަ ބަޔެކެވެ.

އެއާއެކު ރާއްޖެއިން ބޭރުން ގެންނަ ހާފިޒުންނާއި ގާރީގެ ވީޒާ ނެގުމުގައި އިމިގްރޭޝަނުން ވަނީ ކަންތައް ކުރަންވީގޮތް އަންގާ އިއުލާނެއް ނެރެފައެވެ.  އެގޮތުން އިމިގްރޭޝަނުން އަންގަނީ މި ފަރާތް ތަކަށް ވީޒާ ނެގުމުގައި އެ މުވައްސަސާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕެޝަލް ވީޒާ IM22' އަށް އެދި ހުށަހެޅުމަށެވެ.  ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރަސްމީ މަސައްކަތު 07 ދުވަސްތެރޭ 'އިމުގާ' ޕޯޓަލް މެދުވެރިކޮށް އެންގޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އައިލާގެ ފަރާތްތައް ގެންނަން ބޭނުންވާ ހާފިޒުންނާއި ގާރީން ވެސް އެފަރާތްތައް ރާއްޖެ އައުމުގެ ކުރިން 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ސްޕޮންސަރޝިޕް ޑެކްލަރޭޝަން' އަށް އެދި ހުށަހަޅާ ދަތުރުކުރުމުގެ ހުއްދަ ހޯދަން ޖެހޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިފަރާތްތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވީޒާއެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރައްވާނަމަ، ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، ވީޒާގެ މުއްދަތު އިތުރުކުރުމަށް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ޓޫރިސްޓު ވީޒާ IM23' އަށް އެދި ހުށަހެޅުމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން އިމިގްރޭޝަނުން އަންގަނީ ރާއްޖޭގައި ތިއްބަވާ މުއްދަތުގައި ވީޒާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަކީ، އެފަރާތްތައް ރާއްޖެ ގެންނަވާ ފަރާތެއްގެ ޒިންމާއެއްކަމަށެވެ. އަދި އެފަރާތްތަކަށް ދޫކުރާ 'ސްޕެޝަލް ވީޒާ' އެޕްރޫވަލް ލިބުމުގެ ކުރިން ދަތުރުނުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާޒް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް