ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިން ބެންކޮކަށް ފުރައިފި

ކޮކާކޯލާއިން "ޓޭސްޓް ދަ ފީލިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ 27 ނަސީބުވެރިންނާއި އެ ނަސީބުވެރިންގެ ބައިވެރިންނާއެކު ޖުމްލަ 54 މީހަކު ބެންކޮކަށް މިއަދު ފުރައިފި އެވެ. ކޮކާ ކޯލާގެ މި ޕްރޮމ...

23 Feb 2017 | 08:28

ކޮކާކޯލާއިން "ޓޭސްޓް ދަ ފީލިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ 27 ނަސީބުވެރިންނާއި އެ ނަސީބުވެރިންގެ ބައިވެރިންނާއެކު ޖުމްލަ 54 މީހަކު ބެންކޮކަށް މިއަދު ފުރައިފި އެވެ.

ކޮކާ ކޯލާގެ މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުނަށް ދެކޮޅު ޓިކެޓުގެ އިތުރުން ހުރުމާއި ކެއުން އަދި ބެންކޮކުގެ ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ޓޭސްޓް ދަ ފީލިންގެ ނަމުގައި ކޮކާކޯލާއިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަން އަކީ 27 މީހަކަށް ހިލޭ ބެންކޮކު ދަތުރު ލިބުމުގެ އިތުރުން 18 މީހަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކޯކު ލިބިގެންދިޔަ ޕްރޮމޯޝަން އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް