އައްޑޫ ސިޓީގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ފައިސަލް މަގާމުން ވަކިކުރައްވައިފި އެވެ.
ފައިސަލް މަގާމުން ވަކިކުރައްވާފައިވާ ކަން ރައީސް އޮފީހުން އޭނާއަށް އެންގީ އިއްޔެގެ ވަގުތެއްގަ އެވެ. ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އޭނާއަށް އަންގާފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފައިސަލް އަކީ އައްޑޫސިޓީގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހުގެ އިސް ވެރިޔާއެވެ. ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް ފައިސަލް އައްޔަންކުރެއްވީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
ފައިސަލް މަގާމުން ވަކިކުރުމާ ގުޅިގެން އައްޑޫ އަށް ނިސްބަތްވާ ބައެއް މީހުން ގެންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް