ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައޔްރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި. އެ މައްސަލައިގެ ޝަރީއަތަށް މިއަދު ނަޝީދު ހާޒިރު ނުވެދާނެ ކަމަށް ބަލައި ކްރިމިނަލް ކޯޓުގެ އަމުރަކަށް އިއްޔެ ފުލުހުން ވަނީ ނަޝީދު ހައްޔަރުކޮށްފައި. މިއަދުގެ ޝަރީއަތަށް ނަޝިދުގެ އެއްވެސް ވަކީލަކަށް ނުވަދެވޭނެކަމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފައި. އެއީ އެ ކޯޓުން އަމަލު ކުރަމުންދާ އސޫލުގެ ދަށުން މުއްދަތަށް ރެޖިސްޓްރީ ވެފައި ނުވާތީކަމަށް ކޯޓުން ބުނޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް