ޖޭޕީއެމްޑީޕީ ގުޅިގެން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އެކު ޖުމްލަ 10 މީހަކު ހައްޔަރު ކުރެވުނު ކަމަށާއި އޭގެ ތެރެއިން ދެމީހަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިރޭ ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ދެމީހުންގެ ތެރެއިން އެކަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށާއި އަނެކަކީ އަންހެނެއް ކަމަށެވެ. އެމީހުން ދޫކޮށްލީ ނަސޭހަތްތެރިވުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.
ޖޭޕީއެމްޑީޕީގެ މުޒާހަރާތައް މިރޭ ވަރުގަދަވެގެން ގޮސްފައިވަނީ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހައްޔަރު ކުރުމާއި ގުޅިގެންނެވެ. ޖޭޕީއެމްޑީޕީގެ މުޒާހަރާ ސީގަލް ކަންމަތިން ފެށި ނަމަވެސް ވަކި ހިސާބަކުން މުޒާހަރާގެ މިސްރާބު ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެއާ ދިމާލަށް ބަދަލުކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް