މާދަމާ މާފަންނު ސަރައްދުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާފަންނު ސަރަހައްދުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކޮށް ސްަޓެލްކޯއިން ބުނީ މާދަމާގެ ހެނދުނު06:00-06:30 އަދި09:00-9:30 އާއި ދެމެދު ކަމަށެެވެ.
ސްޓެލްކޯއިން ބުނީ މިވަގުތުގައި ސްޓެލްކޯގެ ނެޓްވޯކް އަޕްގްރޭޑިނގ ގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފައެދިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް