ޒަކިއްޔާގެ މަރުގެ މައްސަލަ: އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމާއެކު މައްސަލަ އަލުން ރިވިއުކޮށް ފުލުހުންގެ ޓީމެއް ހޮޅުދުއަށް

ޒަޚަމްތަކަކާއެކު ފުރާނަ ގެއްލިފައި އޮއްވާ ފެނުނު ނ. ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގާ ދިވެހި ފުލުހުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދައިފިއެވ...

23 Jan 2025 | 07:48

ޒަޚަމްތަކަކާއެކު ފުރާނަ ގެއްލިފައި އޮއްވާ ފެނުނު ނ. ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގާ ދިވެހި ފުލުހުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނި ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

"އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށްމި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް