ފަތިހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މަޖީދީ މަގުގައި ހުންނަ ފްރުޓް ޓްރީ އެޕަލް ފިހާރައިގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއ...

23 Jan 2025 | 06:27

މަޖީދީ މަގުގައި ހުންނަ ފްރުޓް ޓްރީ އެޕަލް ފިހާރައިގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފައިވަނީ އެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީއިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ ގޭބިސީއެއް ހުރިތޯ ބެލި ކަމަށެވެ.

"އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބިސީއެއް 33 ފަރާތެއް (14 ދިވެހިން އަދި 19 ބިދޭސީން) ފާހަގަކުރެވުނު" އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ފަސް ގޭބިސީއެއްގެ 14 ދިވެއްސަކަށާއި އަދި އަށް ބިދޭސީއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިން ހަމަޖައްސަމުން އަންނަ ކަމަށާއި އަދި ބިދޭސީ އެއް އާއިލާއަކުން އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުވެފައިވާއިރު 11 ބިދޭސީއަކަށް އެމީހުން ނިސްބަތްވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ފަތިހު 04:20 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ 05:27 ހާއިރުގައެވެ. އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ހެނދުނު 06:00 ހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް