އަނެއްކާވެސް އެމެރިކާގެ ކެލިފޯނިއާގައި ބޮޑު އަލިފާންގަނޑެއް ރޯވެ ފެތުރެނީ

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލިސްގައި ދެތިން ސަރަހައްދެއްގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލު ނުވެ އުޅެނިކޮށް އިތުރު ބޮޑު އަލިފާންގަނޑެއް ރޯވެ ފެތުރެމުން އ...

23 Jan 2025 | 06:05

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލިސްގައި ދެތިން ސަރަހައްދެއްގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލު ނުވެ އުޅެނިކޮށް އިތުރު ބޮޑު އަލިފާންގަނޑެއް ރޯވެ ފެތުރެމުން އެބަ ދެއެވެ.

ހިއުސް ފަޔރ ގެ ނަން ދީފައިވާ އެ އަލިފާންގަނޑު ރޯވެފައިވަނީ ލޮސް އެންޖަލިސް ކައުންޓީ އަދި ވެންޗޫރާ ކައުންޓީ ހިމެނޭހެންނެވެ.

އަލިފާން ފެތުރިފައިވާ ސަރަހައްދުގެ ބޮޑުމިން 10 ހާސް އޭކަރަށްވުރެ ބޮޑުވެފައިވާއިރު އެ ސަރަހައްދުން 20 ހާހަށްވުރެ ގިނަ މީހުން ގެތައް ހުސްކުރުމަށް އަންގާފައިވެއެވެ.

ގަދަވަޔާއެކު ކޮންޓްރޯލު ކުރަން އުނދަގޫ ގޮތަކަށް އަދި ގަދަ ވަޔާއެކު ކަނިތައް ބުރައިގެން ގޮސް އަލިފާން އިތުރު ދިމަދިމާއަށް ފެތުރިގެންދާތީ އަދި ހަމަ އެހެންމެ މިއަދާ މިރޭވެސް ވައި ގަދަވާނެކަމަށް ބެލެވޭތީ ހިއުސް ފަޔަރ އަލިފާންގަނޑު ކޮންޓްރޯލު ކުރުމަކީވެސް އުނދަގޫ ކަމެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހަތްވަނަ ދުވަހު ރޯވި ޕެލިސޭޑްސް ފަޔަ އަދި އީޓަން ފަޔަރ ވެސް އަދި އެކުގައި ކޮންޓްރޯލު ކުރެވިފައެއް ނުވެއެވެ. ޕެލިސޭޑްސް ފަޔަރ 23 ހާސް އޭކަރަށް ފެތުރިފައިވާއިރު އީޓަން ފަޔަރ 14 ހާސް އޭކަރަށް ފެތުރިފައިވެއެވެ.

އަލިފާނުގެ މި ހާދިސާތަކުގައި ތިރީހަކަށް މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާއިރު އަނދާ ހުލިވެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ އަދަދު އުޅެނީ 15 ހާހަށްވުރެ މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް