ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ހުދު ސަމާލުނެރެފައެވެ.
އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީީ މިއަދު ހެދުނު8:30 އިން ފެށިގެން14:30އަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދުު ސަމާލު ނެރެފައެވެ.
މެޓުން ބުނީ، ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެއިތުރުން މ. އަތޮޅުން ފެށިގެން އައްޑޫ ސިޓިއަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ވިލާގަނޑެއްގައި40 މާލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މިއަދުުގެ މޫސުން ރާއްޖޭގެ ބޮޑު ބަޔަކަށް ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް