ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތު ލިބިދިނުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ، ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އާއްމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބުނީ މި ގަވައިދުގެ ދަށުން ހާސިލްކުރަން ބޭނުންވާ މަގުސަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަޒީފާ ލިބި، މަސައްކަތުގެ މާހައުލުގައި ހުންނަ ތަފާތުކުރުންތައް ނައްތާލުން ހިމެނޭ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މަސައްކަތު މާހައުލެއް ގާއިމްކޮށް، ތައުލީމާއި ތަމްރީނު އަދި އިނާޔަތްތައް ދިނުމުގައި އެމީހުން ތަފާތު ނުކުރުން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭ ނުވަތަ ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މި ގަވައިދުގެ ތެރެއިން ފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ހަމަހަމަ އުސޫލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގެ ގޮތުން ހާއްސަ އުސޫލުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ގަވައިދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް