ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ހިދުމަތް ދެމުން އަންނަ 19 ފަރާތެއް އަނބުރާ އާއިލާތަކާއި ހަވާލުކުރުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބުނެފިއެވެ.
ސޯޝަލް މިނިސްޓްރީން ބުނީ އެ ފަރާތްތައް އަނބުރާ އާއިލާތަކާއި ހަވާލުކުރުމުގެ މަގުސަދަކީ ކޮންމެ ފަރާތަކަށްވެސް އުފާވެރި، އަބުރުވެރި ދިރިއުޅުމެއް އާއިލާއާއި އެކު އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުން ކަމަށެވެ.
ސޯޝަލް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަޅަން ރާވާފައި ހުރި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އާއިލާތަކަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި، ސެންސިޓައިޒްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުމުރުމުގެ މަސައްކަތްތައް ހިންގާނެ ކަމަށެވެ. އައި އާއިލާތަކުން އެ މަރުކަޒުގައި ތިބި ފަރާތްތަކާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ދެނެގަނެ، ނަފްސާނީ ބަލިމަޑުކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު 218 މީހަކު އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް