ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ހިމެނޭ މީހުން ފަރުވާއަށްފަހު ދޫކޮށްލައިފި

ށ.މިލަންދޫ އިން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދަނިކޮށް ރޭ ބަންޑުންޖަހާލި ޑިންގީން ކަނޑުވި ދެމީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ. ކޯސްޓްގާޑާ ހަވާލާދީ މޯލްޑިވްސް ނޭޝަނަލް ޑި...

23 Jan 2024 | 06:49

ށ.މިލަންދޫ އިން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދަނިކޮށް ރޭ ބަންޑުންޖަހާލި ޑިންގީން ކަނޑުވި ދެމީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

ކޯސްޓްގާޑާ ހަވާލާދީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުކުރަމުންދިޔަ ޑިންގީއެއް ށ. ފޯކައިދޫ ކައިރިން ބަނޑުންޖަހާލިކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 10:23 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ކަނޑުވި ދެމީހުން ހޯދާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކުންނެވެ.

އެ ދެމީހުންނަށް ފަރުވާ ދިނުމަށް ށ.ފީވަކު ސިއްހީ މަރުކަޒަށް ގެންދިއުމަށްފަހު ސިއްހީ މައްސަލައެއް ފާހަގަވެފައި ނުވާތީ މިހާރު އެމީހުން ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް