ހުޅުމާލޭގައި އިސްލާމީ ތައުލީމް ދޭނެ މަރުކަޒެއް އަޅަނީ

ހުޅުމާލޭގައި އިސްލާމީ ތައުލީމް ދޭނެ މަރުކަޒެއް އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމުގ...

23 Jan 2024 | 06:39

ހުޅުމާލޭގައި އިސްލާމީ ތައުލީމް ދޭނެ މަރުކަޒެއް އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމުގެ ގޮތުން އެޗްޑީސީގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓެގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން އެވެ.

މި މަޝްރޫއު ނިމުމާއެކު ތައުލީމް ދެވޭނީ ޕްރީސްކޫލްގ ދަރިވަރުންނަށެވެ. އެޗްޑީސީން ބުނީ ގްރޭޑް 1 އިން 10 ގެ ދަރިވަރުންނަށާއި މަތީ ތައުލީމް އުނގަންނައިދޭ ފެންވަރަށް ފަހުން ތަރައްގީކުރައްވާނެ ކަމަށެވެ.

ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް މިތަނުގައި ހިލޭ ކިޔެވޭނެ ކަމަށް އެޗްޑީސީން ވަނީ ފަހަގަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ތައުލީމީ މަރުކަޒުގެ އިތުރުން މިސްކިތެއްވެސް ތަރައްގީކުރުން ހިމެނެއެވެ. އެޗްޑީސީން ބުނީ މިސްކިތް ތަރައްގީ ކުރަނީ ތައުލީމީ މަރުކަޒާއި މިސްކިތް ގުޅުލާވައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް