ފުވައްމުލައް ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި އޮތް މީހާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ފިރިހެން މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ އޭނާ މިއަދު ހެނދުނު ނިޔާވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް