ފެން ބޯންޖެހެނީ ކީއްވެކަން އެނގޭތަ؟

ފެނަކީ އިންސާނާގެ ހަށިގަނޑަށް އެންމެ ބޮޑަށް ބޭނުންވާ އަދި އެންމެ މުހިއްމު އެއް މާއްދާއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެންމެ ފަރުވާ ކުޑަ ކުރަނީވެސް ފެންބުއިމަށެވެ. އެކަމަކު އަސްލު ހ...

23 Jan 2024 | 03:32

ފެނަކީ އިންސާނާގެ ހަށިގަނޑަށް އެންމެ ބޮޑަށް ބޭނުންވާ އަދި އެންމެ މުހިއްމު އެއް މާއްދާއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެންމެ ފަރުވާ ކުޑަ ކުރަނީވެސް ފެންބުއިމަށެވެ. އެކަމަކު އަސްލު ހަގީގަތަށް ވިސްނާނަމަ މިއީ ފަރުވާކުޑަ ކޮށްލައިގެން ފަރުޖައްސާލެވޭ ވަރަށްވުރެ މުހިއްމު ކަމެކެވެ.

ގިނައިން ފެން ބުއިމަކީ، ހަށިގަނޑު ތާޒާކަންމަތީގައި ހުރުމަށް އެހީވެދޭ ކަމެވެ. ހަށިގަނޑު މާބޮޑަށް ވަރުބަލިވެ ބޮލުގައި ރިއްސާނަމަ އެކަމަށް އޮތް އެންމެ ބޮޑުފަރުވާ އަކީވެސް ފެން ކަމަށް ސިއްޙީ ގިނަ މާހިރުން ލަފާދެއްވައެވެ.

ގިނައިން ފެން ބޯނަމަ ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައްޓުވައިދީ، ހަންގަނޑު ކުރަކިވުމާއި ރޫޖެހުމުން ދުރުކޮށްދީ އަދި ހަމުގެ ގިނަ މައްސަލަތަކުންވެސް ސަލާމަތްކޮށްދޭނެއެވެ.

އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭނަމަ، ކިޑްނީގެ މައްސަލަތަށް ފަދަ ސިއްޙީ ބޮޑެތި މައްސަލަތަކާ އިންސާނާ ކުރިމަތިލާން ޖެހެއެވެ. އަދި ހަމައެހެންމެ، ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި، ހަޖަމްކުރުމުގެ މައްސަލަތައް އުފެދެން ފެށުމުގެ އަސްލަކީ، އިންސާނާގެ ހަށިގަނޑަށް ފެން ބޭނުންވާވަރަށް އެތެރެ ނުކުރެވުން ކަމުގައިވެސް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮވޭނަމަ، ހަށިގަނޑުގެ ސެލްތައް މަސައްކަތް ކުރަންޖެހޭވަރަކަށް ނުކުރާނެއެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން މަސްލްސް ތަކަށް ލިބޭޖެހޭ އަސްލު ބާރު ނުލިބެއެވެ.

ކޮންމެއަކަސް ވިސްނަންވީ ރާއްޖެފަދަ ހޫނުގަދަ ޤައުމެއްގައި އުޅޭއިރު، ގިނައިން ފެން ބުއިމަކީ އާދައަކަށް ހަދަން ޖެހޭނެކަމެވެ. ހަށިގަނޑުން ބޭރުވާ ފެނާއި އެއްވަރަށް ހަށިގަނޑަށް ފެން އެތެރެކުރަން ޖެހޭނެކަމެވެ. ބަލިތަކުން ސަލާމަތްވެ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ފެންބުއިމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭނެކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް