ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި ދެމީހުން ފެނިއްޖެ

ށ. މިލަންދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދަނިކޮށް މިރޭ ބަންޑުންޖަހާލި ޑިންގީން ކަނޑުވި ދެމީހުން ފެނިފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ. މިރޭ 11:44 ހާއިރު ކޯސްޓްގާޑާ ހަވާލ...

22 Jan 2024 | 20:22

ށ. މިލަންދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދަނިކޮށް މިރޭ ބަންޑުންޖަހާލި ޑިންގީން ކަނޑުވި ދެމީހުން ފެނިފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

މިރޭ 11:44 ހާއިރު ކޯސްޓްގާޑާ ހަވާލާދީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުކުރަމުންދިޔަ ޑިންގީއެއް ށ. ފޯކައިދޫ ކައިރިން ބަނޑުންޖަހާލިކަމުގެ މައުލޫމާތު ކޯސްޓްގާޑަށް މިރޭ 10:23 ހާއިރު ލިބުނު ކަމަށެވެ.

އެއަށްފަހު އަދާހަމަ ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ހާދިސާގައި ކަނޑުވި ދެމީހުން ފެނިފައިވާކަމަށާއި އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މިރޭ 12:21 ހާއިރު އެ ދެމީހުން ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށް ކަމުގައިވެސް ކޯސްޓްގާޑާ ހަވާލާދީ އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް