ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖެއާއި ބޭރު ދުނިޔެ، ޖައްސަން ކުރައްވާ މަސައްކަތް ކާމިޔާބެއް ނުވާނެ: ޝިފާޒު

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖެއާއި ބޭރު ދުނިޔެއާއި، ޖައްސަން ކުރައްވާ މަސައްކަތަކީ، ކާމިޔާބު ވާނެކަމެއް ނޫން ކަމަށް މްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. ކޮމަންޑު ދާ...

23 Jan 2022 | 17:56

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖެއާއި ބޭރު ދުނިޔެއާއި، ޖައްސަން ކުރައްވާ މަސައްކަތަކީ، ކާމިޔާބު ވާނެކަމެއް ނޫން ކަމަށް މްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ކޮމަންޑު ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންގައި ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންވައިގެން ހިންގަވާ "އިންޑިއާ އައުޓް' ކެމްޕެނަކީ އެއްގޮތަކަށްވެސް ކުރެވޭނެ ޒާތުގެކަންތައްތަކެއް ނޫންކަމަށެވެ.

"ރައީސް ޔާމީނަށް އިންޑިއާ އައުޓް ނުކުރެވޭނެ. ރައީސް ޔާމީންވެސް ޖެހޭނީ އިންވާން. އައުޓުވަންޏާ ރައީސް ޔާމީނަށްވެސް އޮތީ އަލުން ހުރި ތަނަށް (ޖަލަށް) އިން ވުން." ޝިފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީނާއި ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ފިކުރެއް ނޫން ކަމަށާއި އިންޑިއާއާއި ދެކޮޅަށް ހިންގަމުންދާ ހަރަކާތަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަރަކާތެއް ވެސް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް