ކޮވިޑުގައި މިއަދު ޕޮޒިޓިވް ވި އަދަދު 2400 އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން ޢާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު 2،484 މީހަކު ކޯވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1،268 މީހުންނާއި އަތޮޅުތަކުން 728 މީހުންނާއި ރިސޯޓްތަކުން 81 މީހުންނެވެ. އަދި ސަފާރީތަކުން 3 މީހަކު ވެސް ޕޮޒިޓިވް ވެފައިވެއެވެ.
މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 117،461 އަށް އަރާފައެވެ. އަދި ކޮވިޑު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޢަދަދުވ 14،636 އަށް އަރާފައިވާ އިރު، އޭގެތެރެއިން 47 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހައިތަނަށް 270 މީހަކު ވަނީ ނިޔާވެފައެވެ.
ފާއިތުވި 24 ގަޑިއިރު 882 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައިވާއިރު، ޖުމުލަ 102،542 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7،536 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް