އެމްޑީޕީއަކީ އެއްވެސް އިޚުލާސްތެރިކަމެއް އޮވެގެން ވެރިކަން ކުރާ ބައެއް ނޫން: ސައީދު

އެމްޑީޕީއަކީ އެއްވެސް އިޚުލާސްތެރިކަމެއް އޮވެގެން ވެރިކަން ކުރާ ބައެއް ނޫން ކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަން އިތުރު 10 އަހަރު ...

23 Jan 2022 | 16:58

އެމްޑީޕީއަކީ އެއްވެސް އިޚުލާސްތެރިކަމެއް އޮވެގެން ވެރިކަން ކުރާ ބައެއް ނޫން ކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަން އިތުރު 10 އަހަރު ދުވަހު އެމްޑީޕީއަށް ލިބެންޖެހޭކަމަށް އެމްޑީޕީން ފޯކައިދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެއަށް ރައްދު ދެއްވައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮންމެ ޤައުމަކުން ރާއްޖޭގައި އަސްކަރީ ސިފައި ބައިިތިއްބަން ވެއްޖެނަމަ ލައްކަ ޤައުމަކުން ރާއްޖޭގައި އަސްކަރީ ސިފައިން ބައިިތިއްބަން ޖެހޭނެކަމަށެވެ.

"އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކުރަން 10 ދުވަސް ދިން ނަމަވެސް، ކުރާނެ ކަމަކީ އަރުވާޖަހާފަ ރައްޔިތުންގެ މުދާ ވިއްކުން." ސައީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް