ހިރާސް ފިލްމްސް އިން އުފައްދާފައިވާ "ޗާލޫ ހިތްގައިމު ހިތަދޫ" ހިތްގައިމު ލަވައެއް !

ލ. ހިތަދޫ އަކީ އާބާދީގެ ގޮތުން ކިތެންމެ ކުޑަ ނަމަވެސް އެކުވެރިކަމާއި އެންބައިވަންތަކަމުގެ ލާމަސީލު ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ޤުދުރަތީ ރީތިކަމެއް ވެސް ލިބިފައިބާ ހިތަދޫ އަކީ އާސާރީ ގޮތުންވެސް...

23 Jan 2022 | 16:48

ލ. ހިތަދޫ އަކީ އާބާދީގެ ގޮތުން ކިތެންމެ ކުޑަ ނަމަވެސް އެކުވެރިކަމާއި އެންބައިވަންތަކަމުގެ ލާމަސީލު ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ޤުދުރަތީ ރީތިކަމެއް ވެސް ލިބިފައިބާ ހިތަދޫ އަކީ އާސާރީ ގޮތުންވެސް މުއްސަނދި ރަށެކެވެ. އާޘާރީ ތަންތަނުގެ ގޮތުގައި މިރަށުގައި ފާހަގަ ކޮށްލެވޭ އިހު ޒަމާނުގެ ޒިޔާރަތަކާއި އާޘާރީ މިސްކިތަކާއި "މަރުބީނާ އުންގަނޑު" ކިޔާ ތަނެއް އޮވެއެވެ. އަދި ޤުދުރަތީގޮތުން ހެދިފައިވާ ބޮޑު ކުޅިއެއްވެސް މިރަށުގައި އޮވެއެވެ. ހިތަދޫގެ ރީތި މަލަމަތި މި ކުޅިން ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ.

މީގެ ކުރިން ހައްދުންމަތީގެ އަތޮޅުވެރިކަން ވެސް ކޮށްފައިވާ ހިތަދޫއަކީ ވަރަށް ހީވާގި ކެރޭ ޒުވާނުންތަކެއް ވެސް ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން ރަށަށް ރީތި ނަން ހޯދައި ދިނުމަށް ތަފާތު އެތައް މަސައްކަތް ތަކެއް އެރަށު ޒުވާނުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއްގެ ގޮތުގައި ފާހަގަ ކޮށްލެވުނީ އެ ރަށު ޒުވާނުން އިސްނަގައިގެން ރަށުގެ އެއްބައިވަންތަކަމާއި އެކުރެވިކަން ދައްކުވައިދޭ " ޗާލޫ ހިތްގައިމު ހިތަދޫ" މި ނަމުގައި ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައެވެ.

މި ވީޑިއޯ ލަވައިން ރަށުގެ ގުދުރަތީ ޗާލޫ ކަމާއި ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. މި ވީޑިއޯ ލަވަ އަކީ ހިތަދޫ ޒުވާނުން ގުޅިގެން އުފައްދާފައިވާ "ހިރާސް ފިލްމްސް" ޕްރޮޑަކްޝަނުން އުފައްދާފައިވާ ލަވައެކެވެ. މި ލަވައިގެ ޕްރޮޑިއުސަރަކީ ހުސެއިން ޝަޙުބާންއެވެ. އަދި މި ލަވަ ޑައިރެކްޓް ކޮށްފައިވަނީ ނާތިފްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް