މާލޭ ސިޓީ މޭޔަރު ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. މޭޔަރު މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާ ފޭސްބުކް މެސެންޖަރ މެދުވެރިކޮށެވެ...

23 Jan 2022 | 14:19

މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މޭޔަރު މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާ ފޭސްބުކް މެސެންޖަރ މެދުވެރިކޮށެވެ.

އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލަށް ޑރ. މުއިއްޒު އިންތިޚާބުވިފަހުން މާލެ ސިޓީގެ ތަރައްޤީއަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، އެކަންކަން ދާއިމީ ހައްލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކު ޑރ. މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މިކަމުގައި އޮތް ހުރަހަކީ ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް