ހުޅުމާލެ ފަޅަށް މީހަކު ސައިކަލެއް އެއްލައިލި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
އެމްވީ ކްރައިސިސް އިން މިއަދު އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ މީހަކު ސައިކަލު ދުއްވާފައި ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދަށްގޮސް ސައިކަލުން ފޭބުމަށްފަހު ސައިކަލު މޫދަށް އެއްލައިލާ ތަނެވެ.
މި ވީޑިއޯއާއި ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން ފުލުހުން ބުނެފައިވަީ މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަަލަމުން ކަމަށެވެ.
https://twitter.com/MvCrisis/status/1485197877714776066
"ސައިކަލު ނެގުމުގެ މަސައްކަތް މެރިން ޕޮލިސް އާއި އެޗްޑީސީން ގެންދަނީ ކުރަމުން" ހަވީރު 05:00 ހާއިރު ފުލުހުން ބުނެފައިވެއެވެ.
ނޫކުލައިގެ، މޫވް ބްރޭންޑުގެ އެ ސައިކަލު ހަވީރު 05:30 ހާއިރު ފުލުހުން ވަނީ މޫދުން ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް