އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ޝެއިހް ޒައިިދު އިސްތިއުފާދެއްވައިފި

ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ. އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހަކީ ގިނަ އަދަދެއްގެ މަޝްހޫރު އިލްމ...

23 Jan 2022 | 11:59

ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހަކީ ގިނަ އަދަދެއްގެ މަޝްހޫރު އިލްމުވެރިން ހިމެނޭ މަޖިލީހެކެވެ. އަދާލަތުން ނިންމާ މުހިންމު ހުރިހާ ނިންމުންތަކަކީ އިލްމުވެރިންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ނިންމާ ކަންކަމެވެ.

ޝެއިހް ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އޭނާ ވަނީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްއާއި އެހެނިހެން ހުރިހާމެމްބަރުން ޢަމަލުކޮށްދެއްވާފައިވާ ގާތްކަމާއި، އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވާފަ އެވެ.

ޝެއިހް އިސްތިއުފާ ދެއްވާފައި މިވަނީ އެ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް އަދާލަތު ޕާޓީން ތާއީދު ކުރަން ނިންމުމުން ނެވެ.

އެ ނިންމުން ޕާޓީން ނިންމުމުގެ ކުރިން އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެނން ޓުވީޓެއް ކުރައްވާފަ އެވެ.

https://twitter.com/alizaid1000/status/1485174523490373633

ޝެއިހްގެ މިއަދުގެ ޓުވީޓާއި ގުޅިގެން އޭނާގެ ނިންމުމަށް ބައެއް މީހުން ތާއީދު ކުރި އިރު އަނެއް ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. ތާއީދު ކުރި ބައެއް މީހުން ވަނީ ޝެއިހް ޒައިދު އަދާލަތުންވެސް އިސްތިއުފާ ދެއްވުން ރަނގަޅު ކަމަށްބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް