މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކެމްބްރިޖް އޭލެވެލް އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ފޯމު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނީ 2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޭލެވެލް އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން ކުރިއަށް ދާނެ ކަމުގައެވެ.
ލޭޓް އެންޓްރީ ދޫކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމުގައި ޑީޕީއީ އިން ހާމަ ކުރެއެވެ.
އެގޮތުން ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި ފައިސާ ބަލައިގަތުން ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ.
ލޭޓް އެންޓްރީ އަށް އެދި ހުށަހަޅާނެ ފޯމު އެ ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، ވެބްސައިޓް www.edu.mv އިން ލިބެން ހުންނާނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.
އޮންލައިންކޮށް ފޯމު ފުރާނަމަ މެއިލް ކުރާނީ [email protected] އަށެވެ. ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް