މަޖިލިސް މި އަހަރަށް ހުޅުވައި، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުވަރީ ތިނެއްގައި

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި، ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ ފެބްރުވަރީ މަހުގު ތިނެއްގައި ބާއްވަން ތާވަލުކޮށްފިއެވެ. މި ޖަލްސާ ބާއްވަން ތާވަލު ކުރެވިފައި ވަނީ ފެބްރުވަރީ ތިނެއްވާ ބުރ...

23 Jan 2022 | 09:48

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި، ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ ފެބްރުވަރީ މަހުގު ތިނެއްގައި ބާއްވަން ތާވަލުކޮށްފިއެވެ.

މި ޖަލްސާ ބާއްވަން ތާވަލު ކުރެވިފައި ވަނީ ފެބްރުވަރީ ތިނެއްވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި މަޖިލިސްކުރާ ގޭގައެވެ.

ޖަލްސާގެ އެޖެންޑާ ހަމަޖެހިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ފައްޓަވައި ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވާ ގޮތަށެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކޮންމެ އަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ. ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސްގެ ރައީސް އެދުވަހުގެ ޖަލްސާ ނިންމަވައިލައްވާނެއެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވަން ތާވަލް ކޮށްފައިވާއިރު ރައީސް ޞާލިހް ހުންނެވީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް