ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި އާގުޅިގެން ހުށަހެޅި ތިން ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ ހުށަހެޅުނު ތިން ޝަކުވާ އަކީވެސް ޕީޕީއެމް އިން ހުށަހަޅާފައިވާ މައްސަލަތައް ކަމަށާއި ޝަކުވާ އަމާޒުކޮށްފައިވަނީ ކެމްޕޭން ޖަލްސާއެއްގައި ވާދަވެރި ފަރާތަކުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެންކަމަށެވެ.
ކޮމަންޑު ބައި އިލެކްޝަން ބޭއްވުމަށް ނިންމާފަިއވަނީ އަންނަ ފެބްރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ހުށަހެޅޭނެ ގޮތަށް، އިލެކްޝަންސް ކޮމިޝަނުގައި ވަނީ ކޮމްޕްލެއިންސް ބިއުރޯއެއް ގާއިމްކޮށްފައެވެ.
އެ ދާއިރާގެ ތިން ރަށުން ޝަކުވާ ހުށަހަޅަން އޮތްނަމަ އެރަށަކުން ޝަކުވާ ހުށަހެޅޭނެ ފޯކަލް ޕޮއިންޓްތަކެއް ވެސް ކަނޑައަޅާފައިވާ އިރު، އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މި އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް ރީ-ރަޖިސްޓްރީ ވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. ރީ ރަޖިސްޓްރީ ވުމުގެ ފުރުޞަތުވެސް މާދަމާއަށް ހަމަވާނެއެވެ.
ކޮމަންޑު، ފޯކައިދޫ އަދި މަރޮށި ހިމެނޭ އެ ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބޭ އިރު، 6 ވޯޓް ފޮށްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.
ބައި އިލެކްޝަންތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ދާއިރާތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި ހުންނަ އިންތިޚާބުތަކާއި ބެހޭ މައި މަރުކަޒުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް