އޮމިކްރޯނާ ހެދި ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ކައިވެނި ފަސްކޮށްފި

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާރޑެން އަށް އޮމިކްރޯނާ ހެދި އެ ކަމަނާގެ ކައިވެނި ފަސްކޮށްލަން ޖެހިވަޑައިގެންފިއެވެ. މިދިޔަ އާދީއްތަ ދުވަހު ނިއުޒިލެންޑްގެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޖަސިންޑާ ...

23 Jan 2022 | 09:22

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާރޑެން އަށް އޮމިކްރޯނާ ހެދި އެ ކަމަނާގެ ކައިވެނި ފަސްކޮށްލަން ޖެހިވަޑައިގެންފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ނިއުޒިލެންޑްގެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޖަސިންޑާ ވިދާޅުވީ ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓްގެ ކޮމިޔުނިޓީ ސްޕްރެޑްއަކަށް ހިނގައިދާނެތީވެ، އެ ޤައުމުން އަޅާފައިވާ ފިޔަަވަޅުތަކާއި ގުޅިގެން އެކަމަނާގެ ކައިވެނި ފަސްކޮށްފައިވާ ކަމަށެވެ. ކައިވެނި ފަސްކޮށްފައިވާ ކަން ހާމަކޮށްފައިވީ ނަމަވެސް، އެކަމަނާ ކައިވެނި ކުރާނެ ތާރީޙެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޒަމާންވީ ބައިވެރިޔާ އަދި ފިޝިންގ ޝޯ ހޯސްޓް ކްލާކް ގޭފޯޑް އާއި ޖަސިންޑާގެ ކައިވެނި ކުރާނެ ތާރީހް ކަނޑައެޅުމަށްފަހު ފަސް ކުރަންޖެހުމުން ކުރެވުނީ ކޮންކަހަަލަ އިހްސާސްއެއްތޯ ނޫސްވެރިން ސުވާލުކުރުމުން އެކަމަނާ ދެންނެވީ ދިރިއުޅުމަކީ މިކަހަލަ ކަމެއް ކަމުގައެވެ.

މީގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެތަކެއް ހާސް ނިއުޒިލެންޑްގެ ރައްޔިތުންނަށް އިތުރު ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ހިތްދަތި ކަމަކީ ބަލިވެ އުޅޭއިރު ލޯބިވާ ފަރާތަކާއި ވަކިން ހުންނަންޖެހުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ނިއުޒިލެންޑުގެ ބޯޑަރު ވަނީ ވަނީ ބަންދުކޮށްފަ އެވެ. ނިއުޒީލަންޑްގެ 12 އަހަރުން މަތީގެ އާބާދީގެ ގާތްގަނޑަކަށް 94 ޕަސެންޓް ކުދިން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި މީގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން 56 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ބޫސްޓާ ޑޯޒު ވެސް ފުރިހަމަ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް