ބޮމްބޭ ޓީއަށް ބޮޑު މަގްބޫލުކަމެއް – ހުރިހާ ޝުކުރެއް ޓިކްޓޮކް ތަރި ނަދީއަށް

ހަމަ ކުއްލިއަކަށް ރާއްޖޭގައި ބޮމްބޭ ޓީއަށް ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފިއެވެ. މިކަން އެނގެނީ ރެސްޓޯރެންޓްތަކުގެ ފޭސްބުކް ޕޭޖުތަކާއި އާއްމު ރައްޔިތުންގެ ފޭސްބުކް ޕްރޮފައިލްސްތަކާއި ޓްވިޓާ ފީޑްސް ...

23 Jan 2022 | 09:20

ހަމަ ކުއްލިއަކަށް ރާއްޖޭގައި ބޮމްބޭ ޓީއަށް ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފިއެވެ.

މިކަން އެނގެނީ ރެސްޓޯރެންޓްތަކުގެ ފޭސްބުކް ޕޭޖުތަކާއި އާއްމު ރައްޔިތުންގެ ފޭސްބުކް ޕްރޮފައިލްސްތަކާއި ޓްވިޓާ ފީޑްސް ބަލައިލުމުންނެވެ.

ސްޓޯރީތަކުންވެސް ފެންނަނީ "ބޮމްބޭ ޓީ، ބޮމްބޭ ޓީ ބޯން އާދޭ، ބޮމްބޭ ޓީ ބޯން" މި ޖުމްލައެވެ.

ރެސްޓޯރެންޓްތަކުގައި ބޮމްބޭ ޓީ އިސްތިހާރު ކުރުމަށްވެސް ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ މި ޓެގްލައިނެވެ.

ބޮމްބޭ ޓީއަށް ކުއްލިއަކަށް ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައީ ޓިކްޓޮކް ތަރި ނަދީ އޭނާގެ ޓިކްޓޮކް އެކައުންޓްގައި ހާމަކުރި ޓިކްޓޮކަކަށްފަހުގައެވެ.

އެ ވީޑިއޯގައި ދަރިފުޅު އުރާލައިގެން ޖޯލިފައްޗެއްގައި އިނދެ ޑަބަލް ކަރުދާސްތައްޓެއްގައި ބޮމްބޭ ޓީއެއް ހިފައިގެން އިނދެ ނަދީ ބުނަނީ "ބޮމްބޭ ޓީ ބޯން އާދޭ، ބޮމްބޭޓީ ބޯން" އަދި އެއަށްފަހު ބުނަނީ "ވަރަށް މީރު" ކަމަށެވެ.

https://www.tiktok.com/@nadhyy5/video/7053039407141506305?is_copy_url=1&is_from_webapp=v1

ނަދީގެ މި ވީޑިއޯއަށް ދެ ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. ބޭވަފާތެރި ލޯބި މި ނަމުގައި ނަދީ ކުރިއަށްގެންދާ ޓިކްޓޮކް އެކައުންޓްގެ ކޮންޓެންޓްތަކަށް މިހާތަނަށް 71 ހާސް ލައިކްސް ލިބިފައިވެއެވެ. ނަދީގެ ފޮލޯވަރުންގެ އަދަދު އުޅެނީ 13 ހާހުން މަތީގައެވެ.

ނަދީއަކީ ޓިކްޓޮކްގައި ދިވެހިންގެ މެދުގައި މަގްބޫލު ފަންނާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް