ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި މިހާރު ރައްޔިތުންގެ ހިޔާލު ހުރީ ބައްޔާއެކު ދިރިއުޅުން ކުރިއަށްގެންދާކަހަލަ އުސޫލަކަށް ކަމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އަފްޒަލް މިހެން ވިދާޅުވީ މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޑރ. ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ތިން ހަތަރު އަހަރަށް ދެމިގެންދާއިރު އެމަޖެންސީ ހާލަތުގައި ނުތިބެވޭނެ ކަމަށެވެ. ގައުމީ އިގްތިސާދު އަނބުރާ ގެންނަންޖެހޭ ކަމަށެވެ. އާމްދަނީވެސް ހޯދަންޖެހޭ ކަމަށެވެ. މަަސައްކަތަށްވެސް ނިކުންނަންޖެހޭކަމަށާއި ކިޔަވާކުދިން ކިޔަވަންވެސް ޖެހޭކަމަށެވެ.
ޑރ. މިހެން ވިދާޅުވީ ރާއްޖޭގައި ކޮވިޑު ކޭސްތައް މިހާ ގިނަވެފައިވާއިރު އިތުރު ފިޔަވަޅެއް އެޅުމުގެ ވިސްނުން ގެންގުޅޭތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.
ޑރ. އިތުރަށް ވިދާޅުވީ ކޮންމެ ހަފްތާއެއްވެސް ނިމުމުން ހާލަށް ބަލައި މިހާރުވެސް ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް