އޮމިކްރޯންގެ ސްޓްރެއިން އެހެން ވޭރިއަންޓްތައް އޯވަޓޭކް ކުރާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކޮވިޑުގެ ހާލަތާއިގުޅިގެން މިހާރުބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ޖެނުއަރީ މަހުގެ 11 ގައި އޮމިކްރޯން ވޭރިއަންޓަށް 100 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެ ތެރެއިން 51 ސާމްލަޕް އޮމިކްރޯނަަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ފަހުން ފެނުނު ކޭސްތައް ފެނިފައިވަނީ މާލެ ސަރަހަށްދުގެ އިތުރުން މާފުށި، ދ. ކުޑަހުވަދޫ، އައްޑޫ ސިޓީ، ލ. ގަން، މުންދޫ، އިސްދޫ، ހދ ވައިކަރަދޫ، ނޮޅިވަރަމް، ފ މަގޫދޫ އަދި ކ ތުލުސްދޫ އިން ކަމަށެވެ.
"މިއިން ވެސް ހާމަ ވަނީ އޮމިކްރޯންގެ ސްޓްރެއިން އެހެން ވޭރިއަންޓްތައް އޯވަޓޭކް ކުރަންދާކަން." ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް