ދީނަށް ފުރައްސާރަކުރި އުފާ މެލޭޝިއާގައި ހާލުގައި ޖެހި އެހީއަށް

ދީނަށް ފުރައްސާރަކުރި އުފާ މެލޭޝިއާގައި ހާލުގައި ޖެހި އެހީއަށް އެދިއްޖެއެވެ. ޓްވިޓަރ މެދުވެރިކޮށް އޭނާ ބުނެފައިވަނީ ވަރަށް ބަލިވެ އުޅޭ ކަމަށާއި ރޯގާޖެހި، ހުން އައިސް ގައިގާ ވެސް ރިއްސާ ކަމަށެވެ. އަދި ...

23 Jan 2022 | 07:53

ދީނަށް ފުރައްސާރަކުރި އުފާ މެލޭޝިއާގައި ހާލުގައި ޖެހި އެހީއަށް އެދިއްޖެއެވެ.

ޓްވިޓަރ މެދުވެރިކޮށް އޭނާ ބުނެފައިވަނީ ވަރަށް ބަލިވެ އުޅޭ ކަމަށާއި ރޯގާޖެހި، ހުން އައިސް ގައިގާ ވެސް ރިއްސާ ކަމަށެވެ. އަދި ޕެނަޑޯލް ފިޔަވައި އެހެން ބޭހެއް ނެތް ކަމަށާއި އިތުރު ބޭހެއް ގަނެވޭނެފަދައެއް ވެސް ނެތް ކަމަށެވެ.

https://twitter.com/HumanistNomad/status/1484177312103170049?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1484177312103170049%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fvoice.mv%2F54611%2F

އިސްލާމްދީނަށް ފުރައްސާރަކުރަމުން ދާ ދިވެހިރާއްޖެއަށް ނިސްބަތްވާ، އުފާ ވަނީ އޭނާ އެހީއަށް އެދި ހަދާފައިވާ ގޯފަންޑްމީ ޕޭޖު ގައި ވެސް އެހިއަށް އެދިފައެވެ. އެ ޕޭޖަކީ އޭނާ ފިލަން އެހީއަށް އެދި ހަދާފައިވާ ޕޭޖެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުމަށްފަހު އާއިލާއަށް ވެސް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެމުން އަންނަތާ މިހާރުވަނީ ދެ އަހަރެއްހާ ދުވަސް ވެފައެވެ. އަދި އޭނާ އާއިލާއަށް ވެސް ފިލައިގެން މެލޭޝިއާ ގައި އޭނާ ދިރިއުޅެމުން އަންނަނީ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.އޭނާ ވަރަށް އަވަހަށް އެގައުމުން ޑިޕޯޓްކޮށްލާނެކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް