ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ކާމިޔާބު ކަމާއެކު ހުޅުލެ ގުޅާލައިފި

ގްރޭޓާ މާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޓަކަނެކްޝަން ގްރިޑާއި ހުޅުލޭގެ ގްރިޑް މިދިޔަ ހުކުރު ދުވަހުގެރޭ ގުޅާލައިފިއެވެ. ސްޓެލްކޯ އިން ބުނ...

23 Jan 2022 | 07:24

ގްރޭޓާ މާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޓަކަނެކްޝަން ގްރިޑާއި ހުޅުލޭގެ ގްރިޑް މިދިޔަ ހުކުރު ދުވަހުގެރޭ ގުޅާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ ގްރޭޓާ މާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ  (އެމްއޭސީއެލް) އާއި އެކު ސޮއި ކޮށްފައި ވަނީ މި މަހުގެ ހަވަަނަ ދުވަހުގައި ކަމަށެވެ.

އެގޮތުން ހުޅުލޭގެ ގްރިޑާއި ސްޓެލްކޯގެ ކަރަންޓުގެ ގްރިޑް ގުޅާލާފައި ވަނީ އެމްއޭސީއެލް އާއި އެކު ހުޅުލެއަށް ކަރަންޓު ފޯރުވައިދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް