މަޑިވަރު އެއާޕޯޓުން 11 މަޤާމަކަށް މުވައްޒަފުން ހޯދަނީ

ޅ. މަޑިވަރު އެއާޕޯޓްގެ 11 މަޤާމަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެ އެއާޕޯޓް ހިންގުމާއި ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ކުރި އިއުލާނެ...

23 Jan 2022 | 07:05

ޅ. މަޑިވަރު އެއާޕޯޓްގެ 11 މަޤާމަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެ އެއާޕޯޓް ހިންގުމާއި ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ކުރި އިއުލާނެއްގައެވެ.

އެގޮތުން މީހުން ހޯދަން އިއުލާނުކޮށްފައި ވަނީ ޖުމްލަ 11 މަޤާމަކަށެވެ.

މީގެ ތެރެއިން އެއް މަޤާމުގެ ފެންވަރަކީ ޑިގްރީ ހާސިލްކޮށްފައި ވުމެވެ. ހަތް މަޤާމަަކަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތަކީ އޯލެވެލް ފެންވަރު ކަމުގައި ބުނެފައި ވާއިރު ބާކީ އަށް މަޤާމަށް ކުރިމަތިލުމުގެ ޝަރުތަކީ ގްރޭޑް އަށެއްގެ ފެންވަރެވެ.

މީހުން ހޯދަން އިއުލާނު ކޮށްފައިވާ މަޤާމުތަކަަކީ، އެއާޕޯޓް ސާވިސަސް އެގްޒެކްޓިވް، އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ، ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓަރު، ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓަރު، ޕަވާ ހައުސް އެންޑް މެއިންޓަނަންސް ސްޕަވައިޒާ ޓްރެއިނީ، ޕަވާ ހައުސް އެޖެންޓް ޓްރެއިނީ، މެއިންޓަނަންސް ކޯޑިނޭޓަރު، ލައުންޖު އޭޖެންޓް، ލައުންޖު ހޭންޑް، އެއާޕޯޓް ހޭންޑް ޓްރެއިނީ، އަދި ކްލިޔާ ޓްރެއިނީ ގެ މަޤާމަށެވެ.

މަޑިވަރު އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާން ކުރި ނަމަވެސް މުވައްޒަފުން ހޯދާ މަޤާމުތަކަށް މީހުން ނަގާނެ ވަކި އަދަދެއް އައިއޭއެސްގެ އިއުލާނުގައި ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން، މި ވަޒީފާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އައިއޭއެސްގެ ވެބްސައިޓުން ކަމާ ގުޅޭ ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

މަޑިވަރު އެއާޕޯޓަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާގެ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްޤީ ކޮށް އައލެންޑް އޭވިއޭޝަނާއި ހިންގުން ހަވާލުކޮށްފައިވާ އެއާާޕޯޓެކެވެ.

އެގޮތުން މަޑިވަރު އެއާޕޯޓު ކުރެއްދޫ ހޯލްޑިންގްސްއާއި އައިލެންޑް އޭވިއޭޝަނުން ގުޅިގެން މިހާރު ދަނީ އަންނަ މަހު އެ އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް