ކޮވިޑާއި ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އެކެއް ޖަހާއިރު

ރާއްޖޭގެ ކޮވިޑު ހާލަތާއި ގުޅިގެން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. ކޮވިޑުގެ ކަންކަން ވިލަރެސްކުރާ ފަރާތްކަމުގައިވާ އެޗްއީއޯސީން މިއަދު ބުނެފައިވަނީ މި ނޫސްވެރިންގެ ބައްދަލުވ...

23 Jan 2022 | 06:41

ރާއްޖޭގެ ކޮވިޑު ހާލަތާއި ގުޅިގެން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ކޮވިޑުގެ ކަންކަން ވިލަރެސްކުރާ ފަރާތްކަމުގައިވާ އެޗްއީއޯސީން މިއަދު ބުނެފައިވަނީ މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރު އެކެއް ޖަހާއިރު ކަމަށެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި މައުލޫމާތުދެއްވާނީ އެޗްޕީއޭގެ އެޕިޑެމިއޯލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލާއި އެޗްޕީއޭގެ ޕަބްލިކް ހެލްތު އިމިއުނައިޒޭޝަންގެ މެނޭޖަރ ނާސިޔާ އަބްދުލްގަފޫރުކަމަށްވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

މިއަދު މެންދުރު އެކެއް ޖަހާއިރު ނޫސްވެރިންގެ މި ބައްދަލުވުން ބާއްވަން ނިންމާފައިވާއިރު ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު ވަނީ ވަރަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު 1500 އަށްވުރެ މަތީ އަދަދުތަކުން މީހުން ޕޮޒިޓިވް ވަމުން އަންނައިރު ހާލަތު މިހާރަށްވުރެ ގޯސްވެދާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް