މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެކަން ހާމަކުރެއްވީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ހުންނެވީ އެ...

23 Jan 2022 | 06:28

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަން ހާމަކުރެއްވީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ހުންނެވީ އެކަހެރިވެ ގޭގައި ކަމަށާއި ހުމާއި ކަރަށް އުނދަގޫވުމާއި ގަޔަށް ތަދުވުންފަދަ އަލާމާތްތައް އެބަހުރިކަމަށެވެ.

"ކަންބޮޑުވަނީ މަންމައާއި ބައްޕަ އަދި އާއިލާއާއިމެދު" ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް މި ވައިރަސް ވާރުތަނުވާނެފަދަ ގޮތަކަށް ވިސްނަންޖެހޭކަން ފާހަގަކުރައްވަމުން ޔުމްނާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް