މާޅޮހު ބަނދަރުގެ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމިއްޖެ

އއ. މާޅޮހު ބަނދަރުގެ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އ...

23 Jan 2022 | 05:21

އއ. މާޅޮހު ބަނދަރުގެ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ޚާއްސަ މެޝިނަރީއަށް އިންވެސްޓްކުރަމުން އަންނަ ކަމުގައެވެ.

މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތް މި މަޝްރޫޢުގެތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 56.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް