ކޮވިޑްގައި 42 އަހަރުގެ މީހަކު ނިޔާވެ، ޖުމްލަ 270 އަށް އަރައިފި

ރާއްޖެއިން ކޮވިޑަށް ފަރުވާކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. އެޗްޕީއޭ އިން މިއަދު ބުނީ ހުޅުމާލެ ކޮވިޑް ކޮވިޑް ފެޝިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 42 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފ...

23 Jan 2022 | 05:17

ރާއްޖެއިން ކޮވިޑަށް ފަރުވާކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހުޅުމާލެ ކޮވިޑް ކޮވިޑް ފެޝިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 42 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމުގައެވެ.

އަދި އެމީހާ ނިޔާވެފައި ވަނީ ރޭ ދަންވަރު 03:01 އެހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު މަރުވި މީހާ އާއި އެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 270 އަށް އަރާފައެވެ.

އެޗްޕީއޭ އިން ރޭ ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 13،035 މީހުންނެވެ. މިހާތަނަށް 101،660 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 48 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 270 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް