ޕްރިމިއާ ލީގު: ފަހުވަގުތު ރަޝްފޯޑްގެ ލަނޑުން މޮޅުވެ، ޔުނައިޓެޑް ތާވްލްގެ ހަތަރު ވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ފަހު ވަގުތު މާކަސް ރަޝްފޯޑު ޖެހި ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑު މޮޅުވެ ޕްރިމިއާ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި...

23 Jan 2022 | 03:15

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ފަހު ވަގުތު މާކަސް ރަޝްފޯޑު ޖެހި ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑު މޮޅުވެ ޕްރިމިއާ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހޭމްއަތުން ޔުނައިޓެޑް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ދެޓީމުންވެސް ކުޅެމުން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެއްވެސް ޓީމަކަށް ލަނޑު ޖަހަން މާ ހުސް ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެގޮތުން ޔުނައިޓެޑުން މުޅި މެޗުގައި 18 ހަމަލާއެއް ވެސްޓް ހޭމްގެ ގޯލަށް ފޮނުވާލާފައިވީ ނަމަވެސް ގޯލާއި އަމާޒުވީ އެންމެ ތިން ހަމަލާއެވެ. ވެސްޓް ހޭމަށް މުޅި މެޗުގައި ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މި މެޗުގައި ޔުނައިޓެޑުން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައެވެ ޔުނައިޓެޑުން އެޓީމަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން މި ލަނޑު ޖަހައިދިނީ މެޗުގެ 93 ވަނަ މިނެޓުގައި ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޔުނައިޓެޑުގެ ފޯވާޑު ލައިން ގުޅިގެން އުފެއްދި ފުރުސަތެއްގައެވެ.

މިމެޗުން ޔުނައިޓެޑް މޮޅުވެފައިވާއިރު މިއީ އެޓީމުގެ ވަގުތީ ކޯޗް، ރަލްފް ރަންގްނިކުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން މޮޅުވި ހަވަނަ މެޗެވެ. އަދި ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 10 ވަނަ މެޗެވެ.

މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ވަގުތީގޮތުން ޖެހިލާފައެވެ. ޔުނައިޓެޑް ހަތަރުވަނައިގައި އޮތީ މިހާތަނަށް ކުޅުނު 22 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުގައި ޔުނައިޓެޑް އަތުން ބަލިވި ވެސްޓްހަމް އަށް 23 މެޗުން 37 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް