ޝެއިޚް އިމްރާންގެ ކެމްޕެއިން މެނޭޖަރަކަށް، ޝެއިޚް މުހައްމަދު ޝިފާން

އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި، ޝެއިޚް އިމްރާން އަބްދުﷲގެ ކެމްޕޭން މެނޭޖަރަކަށް ޝެއިޚް މުހައްމަދު ޝިފާން ހަމަޖައްސައިފިއެވެ. މިކަން ހާމަކުރަމުން އިމްރާން ވިދާޅުވެފައި ވަނީ، ކެމް...

23 Jan 2021 | 18:28

އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި، ޝެއިޚް އިމްރާން އަބްދުﷲގެ ކެމްޕޭން މެނޭޖަރަކަށް ޝެއިޚް މުހައްމަދު ޝިފާން ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރަމުން އިމްރާން ވިދާޅުވެފައި ވަނީ، ކެމްޕޭން ކުރިއަށް ދާނެ ގޮތް މަޝްވަރާ ކުރެވިފައި ވާނެ ކަމަށާއި ކެމްޕެއިން ލޯންޗްކުރުމުގެ ހަރަކާތް އޮންނާނީ މާދަމާ ރޭގައި ކަމަށެވެ.

މިހާރު ވެސް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވެސް އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަ ކުރަން ނިންމަވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް އޭނާގެ ދައުރު މުހިންމު ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ނިންމުމަށް އެ ޕާޓީގެ ގިނަ މެމްބަރުންވެސް ތާއީދު ކުރައްވާ ކަމަށެވެ.

އަދާލަތު ޕާޓީގެ އިންތިހާބު ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. އެކަމަކު ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލާން ބޭނުންވާ ގޮފިތަކުން އެކަމަށް ޕާޓީގައި އެދުމުން އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް