ޅ. ފުށިފަރު ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ ދެ މުވައްޒަފުން ފެނިއްޖެ އެވެ.
ޖެޓްސްކީއެއްގައި ފުރައިގެން ދިޔަ ފަހުން ހަބަރެއް ނުވެގެން ގެއްލިގެން ހޯދީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. ދެ މީހުންނަކީވެސް ދިވެހިންނެވެ.
އެމްއެންޑީއެފުން ބުނީ އެމީހުން ފެނިފައިވަނީ މިރޭ 8:42 ހާއިރު ޖެޓްސްކީ އާއި އެކު އޮޔާ ދަނިކޮށެވެ. އެމީހުން ރިސޯޓުން ފުރާފައިވަނީ ހަވީރު 5:45 ހާއިރު އެވެ.
އެމީހުން ފެނިފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ލޯންޗަކަށް ކަމަށް ބުނެ އެވެ. އެމްއެންޑީއެފުން ބުނީ އެ ދެމީހުން ލޯންޗަށް ނަގައިގެން ގެންދިޔައީ ކުރެއްދޫ ރިސޯޓަށް ކަމަށެވެ.
ފެނުނު އިރު ދެ މީހުންގެ ހާލު ރަނގަޅެވެ. އެމީހުންނަށް އެނބުރި ރިސޯޓަށް ނުދެވުނީ މައްސަލައެއް ދިމާވެ ޖެޓްސްކީގެ އިންޖީނު ހުއްޓިގެން ނެވެ.
އެ ދެމީހުން ޖެޓްސްކީގައި ފުރައިގެން ދިޔައީ މަޖަލަކަށް ދުއްވާލަން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް