ޅ. ފުށިފަރު ރިސޯޓުގައި ޖެޓްސްކީ އެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނީ

ޅ. ފުށިފަރު ރިސޯޓުގައި ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ކޯސްޓްގާޑަށް ކުރީ މިރޭ 7:09 ހާއިރު ކަމަށެވެ. އެމީހުން ރިސޯޓުން ފުރީ ހަވ...

23 Jan 2021 | 15:19

ޅ. ފުށިފަރު ރިސޯޓުގައި ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ކޯސްޓްގާޑަށް ކުރީ މިރޭ 7:09 ހާއިރު ކަމަށެވެ. އެމީހުން ރިސޯޓުން ފުރީ ހަވީރު 5:45 ހާއިރު އެވެ.

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. އެމީހުން ޖެޓްސްކީ ދުއްވަން ދިޔައީ މަޖާކޮށްލުމުގެ ގޮތުން ކަމަށާއި އެމީހުން ތިބީ ލައިފް ޖެކެޓު އަޅައިގެން ކަމަށް ރިސޯޓާއި ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.

އޭގެ ތެރެއިން އަންހެން މީހާ ދިޔައީ ފޯނު ފިހައިގެން ކަމަށް އެމްއެންޑީއެފް ނޮދާން އޭރިއާ އުލިގަމު ޕޯސްޓަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެވެ. އަދި އަންހެން މީހާގެ ފޯނު ރިންގުވި ނަމަވެސް ފޯނަށް ޖަވާބު ނުދޭކަމަށް ބުނެ އެވެ.

އެހެންވެ އެ ފޯނާއި ގުޅޭތޯ އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ އެމީހުން ހޯދުމަށް ކޯސްޓްގާޑު ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ފުށިފަރު ރިސޯޓުގެ ދެ މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް