ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަންފަށައިފި

ހއ. ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު ޝަރީފުގެ ސްލޫކީ މައްސަލައެއް ޖޭއެސްސީން ބަލަންފަށައިފިއެވެ. އެގޮތުން ޖޭއެސްސީން މިއަދު ބުނެފައިވަނީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް ތަނާޒިލުވާންޖެ...

23 Jan 2021 | 14:22

ހއ. ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު ޝަރީފުގެ ސްލޫކީ މައްސަލައެއް ޖޭއެސްސީން ބަލަންފަށައިފިއެވެ.

އެގޮތުން ޖޭއެސްސީން މިއަދު ބުނެފައިވަނީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް ތަނާޒިލުވާންޖެހޭ މައްސަލައަކުން ތަނާޒިލުނުވެ އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާމަށެވެ.

ސުލޫކީ މި މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާކަމުގައިވެސް ޖޭއެސްސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް