ކޮކާކޯލާ ގެ ފަރާތުން މިމަހުގެ އެކަކުން ފެށިގެން ފެބްރުއަރީ 14 އަށް ކުރިއަށްދާ، ކޮކާކޯލާ "ޓޭސްޓް ދަ ފީލިންގް" ޕްރޮމޯޝަނުން މިހާތަނަށް ނުވަ ބޭފުޅަކަށް ބެންކޮކަށް ދާން ފުރުސަތު ލިބިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ޓޭސްޓް ދަ ފީލިންގް ޕްރޮމޯޝަން ގެ ނަސީބުވެރިންނަށް ޚާއްސަކޮށްގެން މިއަދު ހަވީޜު ސިޓްރޯން ރެސްޓޯރެންޓްގައި ބޭއްވި ޚާއްސަ "ޓީ ޕާޓީ" ގައި މަޢުލޫމާތު ދެމުން ކޮކާކޯލާ އިން ބުނީ މިއަހަރުގެ ކޮކާކޯލާ "ޓޭސްޓް ދަ ފީލިންގް" ޕްރޮމޯޝަން ވަރަށް ގިނަ ފަރާތް ތަކަކަށް އެންމެ އަގު ހުރި އިނާމުތަށް ލިބޭ ޕްރޮމޯޝަން ކަމަށެވެ.
މިފަހަރު ކޮކާކޯލާ އިން ތަޢާރަފް ކޮށްފައިވާ މި ޕްރޮމޯޝަންގެ އިނާމު ތަކުގެ ތެރޭގައި ހިމެނެނީ، 'ޕާޓީ ވިތު ކޯކް' އެއީ މުޅި އަހަރު ދުވަހަށްވާ ވަރަށް ކޮންމެ ހަފްތާއަކު ކޮކާކޯލާ 1.25 ލީޓަރު ގެ ކޭހެއް މުޅިން ހިލޭ 27 ބޭފުޅަކަށް ލިބުމާއި އެންމެ ބޮޑު އިނާމެއްގެ ގޮތުން 27 ބޭފުޅަކަށް އިތުރު ބޭފުޅެއް ގޮވައިގެން ހުރިހާ ޚަރަދަކާއި އެކު ބެންކޮކް-ތައިލެންޑަށް ވަޑައިގަތުމުގެ ފުރުސަތެވެ.
މިއަދު ބޭއްވުނު މި 'ޓީ ޕާޓީ' ގައި، މިޚާއްސަ ޕްރޮމޯޝަންގެ ބައެއް ނަސީބުވެރި ފަރާތްތަކާއި ވެސް ވަނީ ބައްދަލު ކޮށްލާފައެވެ. އޭގެ ތެރެއިން ރޭގެ ގުރުއަތުން "ޕާޓީ ވިތު ކޯކް" ގެ ނަސީބުވެރިއަކަށް ހޮވިފައިވާ އެނަލީ ބުނީ، އޭނާ އެސްއެމްއެސް ކުރީ އެންމެ ދެ މަތިގަނޑުގެ ނަންބަރު ކަމަށާއި، އެސްއެމްއެސް ކުރި ވަގުތު ނަސީބުލައްވާލާނެ ކަމަށް އެއްވެސް ވަރަކަށް ހީނުކުރާ ކަމަށެވެ.
"ޓޭސްޓް ދަ ފީލިންގް" ޕްރޮމޯޝަންގެ މިއަދުގެ ލަކީޑްރޯ މިރޭ 19:50 ގައި ޓީވީއެމް އިން ވަގުތުން ދައްކާނެ ކަމަށާއި، ލަކީޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށްވެސް ކޮކާކޯލާ ބުންޏެވެ.
ކޮކާކޯލާ "ޓޭސްޓް ދަ ފީލިންގް" ޕްރޮމޯޝަން" އަކީ 45 ދުވަހަށް ކުރިއަށްދާ، 45 ލަކީޑްރޯ ނެގޭނެ ޕްރޮމޯޝަން އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް